ރައްޔިތުންނަށްވީ ހުރިހާ ވައުދެއް ހަނދާން އެބަހުރި، ހުރިހާ ވައުދެއް ފުއްދާނަން: ރައީސް
ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ވެސް ފުއްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ޕީއެންސީގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެކި ދާއިރާތަކުން އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގެ މަސައްކަތް ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދި ރައްޔިތުންގެ ތާއީދާއެކު ކުރަމުންދާ ކަމަށާއި އެ ހުރިހާ ވައުދެއް ފުއްދާނެ ކަމަށެވެ. "އަޅުގަނޑު ރައްޔިތުންނަށްވީ ހުރިހާ ވައުދެއް ހަނދާން އެބަހުއްޓޭ. ރައްޔިތުން ގާތުގައި އަޅުގަނޑު ދަންނަވާ ކޮންމެ ކަމެއް…









