މި އަހަރުގެ މިހާތަނަށް ޑެންގީ، އަރިދަފުސް ރޯގާ ރިޕޯޓުކުރުން މަދުވެއްޖެ
މި އަހަރުގެ މިހާތަނަށް ޑެންގީ، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން ރިޕޯޓުކުރުން މަދުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ހާމަކޮށްފިއެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މެއި މަހު ރިޕޯޓުކޮށްފައި ވަނީ ޑެންގީގެ އެންމެ 12 ކޭހެވެ. އަދި ނިމިދިޔަ ޖޫން މަހު އެ އަދަދު ވަނީ ހަތަކަށް ދަށްވެފައެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފައިވަނީ، ނިމިގެންދިޔަ އަހަރުތަކާއި އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ހަމަސް ނިމުނުއިރު ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ވަނީ…