ގާފަރުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
ކ. ގާފަރުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. ލުހުން ބުނީ މިއަދު ހެނދުނު 7:05 ހާއިރު ގާފަރު މަގުމަތިން ހިނގާފައި ދިޔަ ބަންގްލަދޭޝް މީހެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކ. ގާފަރު، ގުލްދަސްތާގެ، ޖާޒިމް ޖައުފަރު ހައްޔަރުކޮށްފައެވެ. އަދި ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.