މާފަންނު ބޮޑުގޭ ޕާކިން ޒޯން ހުޅުވައިފި
މާލޭ ސިޓީ ކައުންސިލުން މާފަންނު ބޮޑުގޭގައި ތަރައްގީކުރި ޕާކިންގ ޒޯން މިއަދު ހަވީރު ހުޅުވައިފިއެވެ. ޕާކިންގް ޒޯން ސަރަހައްދުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ޒޯން ހުޅުއްވައިދެއްވީ މާލޭ ސިޓީގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒުއެވެ. ބޮޑުގޭ ޕާކިންގް ޒޯނަކީ ސައިކަލްތަކަށް ހާއްސަކޮށްގެން ތަރައްގީކުރެވުނު 175 ސައިކަލްގެ ޖާގަ އޮތް ޕާކިންގް ޒޯނެކެވެ. މި ޒޯނަށް ވަދެވޭނީ ހަނދުވަރީ ހިނގުމުންނެވެ. ބޮޑުގޭގައި ތަރައްޤީކުރެވުނު ޕާކިންގް ޒޯން ހުޅުވުމުން އެ ސަރަޙައްދުގައި އޮންނަ ހަނިގޯޅިއެއްކަމަށްވާ ދަކަނދާ މަގުގައި ޕާކްކުރާ ސައިކަލްތައް މި ޒޯނަށް…