ކުރީގެ އެޑިއުކޭޝަން މިނިސްޓަރުގެ ރަސްމީ އީމެއިލްތައް ޑިލީޓްކޮށްލި މައްސަލަ ބަލަނީ
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ގެންގުޅުއްވި ރަސްމީ މެއިލްގައިވާ ހުރިހާ އީމެއިލް ޑިލީޓްކޮށްފައިވާ މައްސަލައެއް ބަލަމުން ދާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ބޭނުން ކުރައްވަމުން ގެންދެވި ރަސްމީ އީމެއިލް ގައިވާ ހުރިހާ މެއިލް، މިދިޔަ އަހަރުގެ ތެރޭގައި ޑިލީޓް ކޮށްލާފައިވާ މައްސަލަ ތަހުގީގު ކޮށްދެއްވުމަށް އެދި މިިދޔަ ބުރާސްފަތި ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، މިނިސްޓްރީ…