އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އާދެވޭނީ މުއްދަތު ހަމަނުވާ އެންޓްރީ ޕާސް އޮވެގެން: އިމިގްރޭޝަން
އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އަންނަނަމަ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް އޮންނަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ. އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެއަންނަ ބިދޭސީއެއްނަމަ، އެ ބިދޭސީއަކަށް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ އެ ބިދޭސީއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް ލިބިފައިވާ ބިދޭސީއަކަށް ވާން ޖެހެއެވެ. "އެންޓްރީ ޕާސް" ލިބިގެން ރާއްޖެއަށް އެތެރެވާ ބިދޭސީން އެތެރެވާ ތާރީޚުން…









