ހުޅުމާލެ ހޮސްޕިޓަލުގައި މެންޓަލް ހެލްތު ސެންޓަރެއް ހުޅުވައިފި
ހުޅުމާލެ ހޮސްޕިޓަލުގެ ކަނބިލި ބިލްޑިންގައި މެންޓަލް ހެލްތު ސެންޓަރެއް ހުޅުވައިފި އެވެ. މިއަދު ހެނދުނު ހުޅުމާލެ ހޮސްޕިޓަލުގެ މެންޓަލް ހެލްތު ސެންޓަރު (އެމްއެޗްސީ) ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. އެ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މި ސެންޓަރު ހުޅުވުމުގެ މައިގަނޑު މަގުސަދަކީ ވީހާވެސް ގިނަ ބަޔަކަށް ލުއިފަސޭހަކަމާއެކު ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދޭނެ އިންތިޒާމު ހަރުދަނާ ކޮށްދިނުމެވެ. މި ސެންޓަރުން ހިދުމަތް ފޯރުކޮށްދޭން ފެށުމާއެކު،…









