މިއަދު ހަވީރު، ރައީސުލްޖުމުހޫރިއްޔާ ނޫސްވެރިންނާއި ބައްދަލުކުރަނީ
މިއަދު ހަވީރު ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ގޮތަށް ނިންމަވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު މިއަދު ވިދާޅުވީ، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމުވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. މިނޫސްވެރިންގެ ބައްދަލުވުން އޮންނާނީ ހަވީރު ހަތަރެއް ޖަހާއިރުއެވެ. ރައީސުލްޖުމުހޫރިއްޔާ އެންމެ ފަހުން ނޫސްވެރިންނާއި ބައްދަލުކޮށްފައިވަނީ މިމަހުގެ ކުރީކޮޅު އެވެ.