ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ: 63 އަހަރުގެ މީހާ ދޫކޮށްލީ ހާއްސައުސޫލުގެ ދަށުން: ޕީޖީ
ގަލޮޅު މަދަރުސާގައި ހަތަރު އަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި 63 އަހަރުގެ މީހާ ދޫކޮށްލީ ހާއްސަ އުސޫލަކުން ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ. ހަތަރު އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި 63 އަހަރުގެ މީހާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމާ ދޫކޮށްލީ ކީއްވެތޯ ސުވާލު ކުރުމުން ޕީޖީ އޮފީހުގެ ފަރާތުން އަހުމަދު ޝަފީއު ވިދާޅުވީ، މި މައްސަލައިގައި ޕީޖީއަށް މިހާތަނަށް ހުށަހެޅުނު ލިޔުންތަކާއި، ލިބިފައިވާ މައުލޫމާތުތަކާއި…