މޫސުން ވަރަށް ގޯސް! މުޅި ރާއްޖެއަށް ނެރެފައިވާ ރީނދޫ ސަމާލު 4 ވަނަ ފަހަރަށް ދަމަހައްޓައިފި
މުޅި ރާއްޖެއަށް ނެރެފައިވާ ރީނދޫ ސަމާލު 4 ވަނަ ފަހަރަށް މެޓް އޮފީހުން ދަމަހައްޓައިފިއެވެ. އެގޮތުން ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މޯލްޑިވްސް މީޓްރޮލޮޖިކަލް ސެންޓަރުން ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ. މެޓް އޮފީހުން ބުނީ ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރު ކުރާނަމަ ސަލަމާތީ ފިޔަވަޅުތައް އަޅައިގެން ދަތުރުކުރުމާއެކު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް…