ކަރަންޓު ހިދުމަތުގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށް: ފަހުމީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ކަރަންޓު ޚިދުމަތުގެ ކުރިމަގު އޮތީ ވަރަށް ވެސް އުޖާލާކޮށް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަކުރަމުންދާ ސްޓެލްކޯގެ 75 ވަނަ އަހަރީ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ކަރަންޓުގެ ޚިދުމަތުގެ އަލިމަސްޔޫބީލާ ހަމަޔަށް މިއަދު ވާސިލުވެފައިވާއިރު، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ގައުމު ބިނާކުރުމާއި، ތަރައްގީއާއި ތަހުޒީބަށް މަގުފަހިކޮށްދީ، އިންސާނީ އަދި އުމްރާނީ ތަރައްގީއަށް ކަރަންޓުގެ ޚިދުމަތްތެރީން އިޚުލާސްތެރިކަމާއެކު…