ރައީސްގެ ހުރިހާ ރިޔާސީ ވައުދުފުޅުތައް ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަ ގޮތް ހަދައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ މަނިކުފާނުގެ ރިޔާސީ ކެމްޕޭނުގެ ތެރެއިން ދެއްކެވި ވާހަކަފުޅުތަކާއި ވެވަޑައިގެންނެވި ވައުދުފުޅުތައް ރައީސް އޮފީހުގެ ވެބްސައިޓުން ފެންނާނެ ގޮތް ހަދައިފިއެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ ހުރިހާ ވާހަކަފުޅުތަކާއި ވައުދުފުޅުތައް https://presidency.gov.mv/drmuizzu2023/ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް މުއިއްޒު ވަނީ 53 ދުވަހުގެ ތެރޭގައި، ރާއްޖޭގެ މީހުން ދިރިއުޅޭ 153 ރަށަކަށާއި، ހުރިހާ ސިޓީތަކަށް ވަޑައިގެންފައެވެ. ކެމްޕޭނުގެ ތެރެއިން އެ މަނިކުފާނުގެ ވިސްނުންފުޅާއި ތަސައްވުރާއި ސިޔާސަތު…