އިމިގްރޭޝަން ކޮންޓްރޯލަރގެ ސައިކަލަށް ގެއްލުންދީފި
އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ހަނަފީގެ ސައިކަލަށް ގެއްލުންދީފިއެވެ. ހަނަފީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮންމެ މީހަކީވެސް ހަގީގަތާ ކުރިމަތިލާނެ ހިތްވަރު ހުރި މީހަކަށް ވާންޖެހޭ ކަމަށާއި ހަސަދަވެރިވެކަން އިސްކޮށް، މުދަލަށް ގެއްލުންދޭ ހިސާބަށް ދިއުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އޭނާގެ ޕްރޮފެޝަނަލް ހަޔާތުގައި ނަގާ ކޮންމެ ފިޔަވަޅެއްވެސް ނަގާނީ މުވައްސަސާއާއި ގައުމަށް އެންމެ ފައިދާވާގޮތަށް ކަމަށް ހަނަފީ ވިދާޅުވިއެވެ. އެހެންކަމުން އަމިއްލަ ފައިދާއާއި މާއްދިއްޔަތު އިސްކުރާމީހަކަށް ހަމަގައިމުވެސް އޭނާ ނުވާނެ ކަމަށް ހަނަފީގެ ޓުވީޓުގައި…