މަޖިލިސް ކެމްޕޭނަށް ރައީސް ސޯލިހް ބ. އަތޮޅަށް
ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބ. އަތޮޅަށް ވަޑައިގެންފި އެވެ. ރައީސް ސޯލިހް ބ. އަތޮޅަށް ވަޑައިގެންނެވީ ކެމްޕޭނަށް ކަމަށް އެމްޑީޕީން ބުނި ނަމަވެސް އެމަނިކުފާނު ވަޑައިގަންނަވާ ރަށްތަކުގެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ. ރައީސް ސޯލިހް އަރިހުގައި އެމްޑީޕީން މަޖިލިސް އިންތިހާބަށް ކަނޑައަޅާފައިވާ ތަރުޖަމާން އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ…