ހެއްކާ ބެހޭ ބިލު ސަރުކާރުން ހުށަހަޅައިފި
ސަރުކާރުގެ ފަރާތުންހެއްކާއިބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުންހެއްކާއިބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މާލެ ސަރަހައްދުން ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖެހީ 123 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ. އަތޮޅު ތެރެއިން ދެވަނަ ޑޯޒް ޖެހީ 59 މީހުންނެވެ. މިހާތަނަށް މުޅި ރާއްޖެއިން ދެވަނަ ޑޯޒް ޖަހާފައިވަނީ 303،667 މީހުންނެވެ. ހޮނިހިރު ދުވަހު ފުރަތަމަ ޑޯޒް ޖަހާފައިވަނީ 301 މީހުންނެވެ. މީގެ ތެރޭގަިއ ހިމެނެނީ މާލެ ސަރަހައްދުން ފުރަތަމަ ޑޯޒް ޖެހި 133 މީހުންނާއި އަތޮޅު ތެރެއިން ފުރަތަމަ ޑޯޒް ޖެހި 168 މީހުންނެވެ. މިހާތަނަށް މުޅި…
މިއަދު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ 169 މީހުން އެޗްޕީއޭއިން ބުނެފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 53 މީހުންނެވެ. އަތޮޅު ތެރެއިން މިއަދު ޕޮޒިޓިވްވީ 96 މީހުންނެވެ. ރިސޯޓްތަކުން ޕޮޒިޓިވްވީ 20 މީހުންނެވެ. މިވަގުތު ރާއްޖޭގައި ކޮވިޑް ބަލީގެ 2,057 މީހުން އެބަތިއްބެވެ. ޖުމުލަ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 81،979 މީހުންނެވެ. މިވަގުތު 23 މީހުންނަށް ދަނީ ހޮސްޕިޓަލްތަކުގައި އެޑް މިޓް ކޮށްގެން ފަރުވާ ދެމުންނެވެ. 226…
އައްޑޫއިން މިއަދުވެސް 39 މީހުން ޕޮޒިޓިވްވި ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ. އެގޮތުން މިހާރުވެސް އައްޑޫގައި ކޮވިޑް ޕޮޒިޓިވް 307 މީހުން އެބަތިބި ކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއެވެ. މިހާތަނަށް ޖުމުލަ 1051 މީހުން ވަނީ އައްޑޫއިން މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މިހާތަނަށް މިބަލިން ފަށޭހަވެފައިވަނީ 741 މީހުންނެވެ. މިވަގުތު 6 މީހަކަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. އައްޑޫއިން މިބަލީގައި މިހާތަނަށް 3 މީހުން ވަނީ ނިޔާވެފައެވެ. މިވަގުތު ކޮވިޑް19 އަށް ޕޮޒިޓިވް…
އއ އުކުޅަހު ރައްޔިތުން އެންމެ ބޭނުންވަނީ އެރަށުގެ ބިން ހިއްކަން ކަމަށް، ކައުންސިލުން ރައީސް އަށް ދަންނަވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކައުންސިލުން އުކުޅަހުގެ ތަރައްގީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މައުލޫމާތާއި، ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އެގޮތުން ރައްޔިތުންނަށް އެންމެ ބޭނުންވާ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއެވެ. އަދި ރަށުގެ މަގުތައް ހަލާކުވެފައިވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮޖެހުންތަކާއި، ފެރީ…
ހިނގަމުންދާ މައްސަލައަކާއި ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާ އެއްވެސް ވާހަކައެއް މިއަދާ ހަމައަށް ދައްކާފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ. އަލީ ޒާހިރު ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތުކޮށް މިފަދަ ވާހަކަތައް ދައްކަމުންދަނީ ނުވަތަ ކޯޓުތަކަށް ނުފޫޒު ފޯރުވަނީ އޭނާ ކަމަށް ތުހުމަތު ކުރަނީ ސީދާ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަށް އަމާޒުކޮށް އެކަހަލަ ވާހަކަތައް ދައްކަން ނުކެރޭތީ ކަމަށެވެ. ރައީސް އޮފީހުގައި ތަމްސީލް ކުރަނީ އެއްވެސް ޕާޓީއެއް…
ކޯޓުތަކާއި މެދުގައި އާއްމުންނަށް އޮތް އިތުބާރު ދަނީ އިތުރުވަމުން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ޒާހިރު ވިދާޅުވީ މިހާރު ބަޔަކު މީހުން ކޯޓަށް ނުފޫޒު ފޯރުވާ ހުކުމްތައް ބަދަލު ކުރުމަށް ސިޔާސީ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ފާޑު ފާޑުގެ އޯޑިއޯތައް ހަދައިގެން އުޅެނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރަމުންދާ ދައުވާތަކަށް ނުފޫޒު ފޯރުވަން ކަމަށެވެ. އަދި މިފަދަ…
ކުށްހުރި ގްރޭޑް އެކެއްގެ ދަރިވަރުންގެ ފޮތުގައި އިސްލާހުކުރި ސަފުހާ ތަތްކޮށްދިނުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)އިން އެދިއްޖެއެވެ. އެންއައިއީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ތަދުރީސުލް ގުރުއާން ގުރޭޑް އެކެއްގެ ތިން ވަނަ ޗާޕުގެ ދެވަނަ ޔުނިޓްގެ 64 ވަނަ ސަފްހާގައިވާ ކުށް އިސަލާހުކުރުމަށް މިހާރު ސްކޫލްތަކަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ފޮތް ބޭނުންކުރާ ހުރިހާ ފަރާތްތަކުން ވެސް ކީރިތި ގުރްއާނުގައި ވާގޮތަށް ނަބާ ސޫރަތް ކިޔަވައިދިނުމަށް ވަނީ އެދިފައެވެ. ޕްރިންޓު ކުރުމުގައި މި…