އިންޑިއާގައި ހިނގި އެކްސިޑެންޓެއްގައި ތިން ދިވެއްސަކަށް ބޮޑެތި އަނިޔާތަކެއް
އިންޑިއާގެ ކޮޗިންގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި ތިން އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބި ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ. ކޮޗިންގައި ހުންނަ ކިމްސް ހޮސްޕިޓަލާ ގާތްގަނޑަކަށް 40 ކިލޯމީޓަރު ދުރުގައި މިއަދު ހެނދުނު ހިނގި މިއެކްސިޑެންޓްގައި އަނިޔާވީ ރ. އަލިފުށްޓަށް ނިސްބަތްވާ ތިން އަންހެނުންނަށެވެ. އެގޮތުން އަނިޔާވީ އުމުރުން 50 އަހަރުގެ އަންހެނަކަށާއި އޭނާގެ 25 އަހަރުވީ އަންހެން ދަރިފުޅުގެ އިތުރުން މި މީހުންގެ އުމުރުން 54 އަހަރުގެ ބޮޑުދައިތަ އަށެވެ. މިއެކްސިޑެންޓް ހިނގީ…