އުމްރާއަށް ފުރާ މީހުން ކުރިއާލައި އެއަރޕޯޓަށް ގޮސް ޗެކިން ވާން އެދިއްޖެ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ބާރު ބޮޑުވާނެތީ އުމްރާގެ އަޅުކަމަށް ފުރާ މީހުން ކުރިއާލައި އެއަރޕޯޓަށް ގޮސް ޗެކިން ވުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން އެދިއްޖެއެވެ. ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އެމްއޭސީއެލުން ބުނީ ވީއައިއޭގެ އޮޕަރޭޓަރެއްގެ ހައިސިއްޔަތުން އެމްއޭސީއެލް، ފަސިންޖަރުންނާއި އާއިލާއަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ. ނަމަވެސް ފަސިންޖަރުންގެ އަދަދު އިތުރުވުމުގެ ސަބަބުން ދަތުރުވެރިންނަށް އިންތިޒާރުގެ ވަގުތު އިތުރުވުމަކީ…