ކޮވިޑްގެ ހާލަތާއި ގުޅޭގޮތުން ރައީސް ސާލިހު، ޗައިނާގެ ރައީސްއަށް ގުޅާ މަޝްވަރާ ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށް ފޯނުން ގުޅުއްވައި ކޮވިޑް-19 ގެ ހާލަތާއި ގުޅޭގޮތުންނާއި، ދެ ގައުމުގެ ޝައުގުވެރިކަން ހުރި ދާއިރާތަކުން މަޝްވަރާކުރައްވައިފިއެވެ. މިއަދު މެންދުރު ކުރެއްވެވި މި ފޯނުކޯލުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީ.ޕީ.ސީ) އަށް މި ޖުލައި މަހުގެ ފުރަތަމަ ދުވަހު 100 އަހަރު ފުރުމާއި ގުޅިގެން އެކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސީ.ޕީ.ސީއަކީ ހަމަހަމަކަމަށް ގޮވާލާ،…