ފުލުހުންގެ ތަރުޖަމާނަކަށް ޝިފާން އައްޔަނުކޮށްފި
ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަރުޖަމާނަކަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން އައްޔަނުކޮށްފިއެވެ. ޝިފާން ތަރުމަނާކަަށް އައްޔަނުކުރެއްވުނީ، މިހާރު އޭނާ އަދާކުރައްވަމުން ގެންދަވާ އޮފީސް އޮފް ދަ ކޮމިޝަނާގެ ހެޑްގެ މަސްއޫލިއްޔަތުތަކުގެ އިތުރަށެވެ. މި މަގާމަށް ޝިފާން އައްޔަނުކުރެވުނު މިއީ ދެވަނަ ފަހަރެވެ. އެގޮތުން މީގެ ކުރިން ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ވެސް ފުލުހުންގެ ތަރުޖަމާނަކަށް ހުންނެވީ ޝިފާންއެވެ.