ފަރުވާކުޑަކޮށް، އާދަކާދައިގެ މަތީން ކޮށްލާކަމެއްގެ ގޮތުގައި ނަމާދުކޮށްގެން، މާތް ﷲ އެ ޤަބޫލެއްނުކުރައްވާނެ: ޚުތުބާ
ފަރުވާކުޑަކޮށް، އާދަކާދައިގެ މަތީން ކޮށްލާކަމެއްގެ ގޮތުގައި ނަމާދުކޮށްގެން، މާތް ﷲ އެ ނަމާދު ޤަބޫލެއްނުކުރައްވާނެކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ނަމާދުގެ މައްޗަށެވެ. އެގޮތުން ނަމާދަކީ ދީނުގެ ތަނބުކަމާއި، ޤިޔާމަތްދުވަހު ހިސާބުބެއްލެވޭ ހިނދު، ޚުޝޫޢަތްތެރިކަމާއެކު ފުރިހަމައަށް ނަމާދު އަދާކޮށްފައި ހުރުން ނުހަނު މުހިންމުކަމަށް ހުތުބާގައިވެއެވެ. ނަމާދާއި ނުލާ އެހެނިހެން ޢަމަލުތައް ޤަބޫލުވެވިގެންނުވާނޭކަމަށްވެސް ފާހަގަކޮށްފައިވެއެވެ. ހުތުބާގައިވާ ގޮތުގައި މުސްލިމު އަޅާ، ފަރުޟު ފަސް ނަމާދު އަދާކޮށްފައި ހުންނާން ޖެހޭނީ، ތާހިރުކަންމަތީހުރެ، ދެއްކުންތެރިކަމެއް ނެތި،…