ޝިފާނަށް ކުރި ތުހުމަތުތަކާ ގުޅިގެން ސީޕީ އަށް ސިޓީއެެއް
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އޭސީޕީ) އަހްމަދު ޝިފާންގެ މައްޗަށް ތުހުމަތުތަކެއްކޮށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައި އެ މައްސަލަ ލީކްކޮށްލުމުން އޭނަ އެކަމާ ކަންބޮޑުވުން ފާޅުކޮށް ސީޕީ އިސްމާއީލް ނަވީހަށް ސިޓީއެެއް ފޮނުއްވައިފި އެވެ. މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީ އަށް ހުށަހަޅާފައިވާ ސިޓީއެއްގައި ތުހުމަތުކޮށްފައި ވަނީ ފުލުހުންގެ އަންހެން މުވަައްޒަފުންނާއި ފިރިހެން މުވައްޒަފުންގެ އަނބިންނާ އެކު ނަހަމަ ގުޅުންތަކެއް ބާއްވަމުން ދިޔަ ކަމަށާއި ބައެއް އަންހެން…









