ހުރާ ސުކޫލްގެ 6 ކްލާސްރޫމް އިމާރާތުގެ ނުނިމި ހުރި މަސައްކަތް ކުރަން ބަޔަކާއި ހަވާލުކޮށްފި
ކ.ހުރާ ސްކޫލް 06 ކްލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތް އަދި ހދ.ނެއްލައިދޫ ސްކޫލް 02 ކްލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ފަރާތުން ކ.ހުރާ ސްކޫލްގެ މަސައްކަތަށް ހުށަހަޅާފައިވަނީ ތިންމިލިއަން ހަތްސަތޭކަ ފަސްދޮޅަސް އަށްހާސް ސަތޭކަ ހަތްދިހަ އެއް ރުފިޔާ ހަތްދިހަ އަށްލާރި އަށް ކަމަށެވެ. މި މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 111 ދުވަހުގެ ތެރޭގައެވެ.…