ރާއްޖެ އާއި ވިއެޓްނާމާ ދެމެދު ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމާ ގުޅިގެން ރައީސްގެ ތަހުނިޔާ
ދިވެހިރާއްޖެ އާއި ސޯޝަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި ވިއެޓްނާމްގެ ސްޓޭޓް ޕްރެޒިޑެންޓް އަދި ބޮޑުވަޒީރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ހާމަކުރި ގޮތުގައި ވިއެޓްނާމްގެ ސްޓޭޓް ޕްރެޒިޑެންޓް ލުއޮންގް ކުއޮންގް އަށް ފޮނުއްވި މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ. އަދި ދެ ގައުމުގެ ޒަމާންވީ ރަޙުމަތްތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާފައިވެއެވެ. މި ތާރީހީ މުނާސަބަތުންވެސް،…