ކިޔެވުމަކީ ހުވަފެންތަކުގެ ދުނިޔެއަށް ހުޅުވޭ ދޮރޯއްޓެއް: އެޑިއުކޭޝަން މިނިސްޓަރ
ކިޔެވުމަކީ ހުވަފެންތަކުގެ ދުނިޔެއަށް ހުޅުވޭ ދޮރޯއްޓެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރ އައިސްތް އަލީ ވިދާޅުވެއްޖެއެވެ. މިއަދު ފެށުނު 2020-2021 ވަނަ އަހަރުގެ ދިރާސި އާ އަހަރާއި ގުޅިގެން އާއްމު ކޮށްފައިވާ ވީޑިއޯއެއްގައި މިނިސްޓަރ ވިދާޅުވީ މިއީ އާ ފެށުމެއް ކަމަށާއި އުޖާލާ އާ އަހަރެއް ކަމަށެވެ. އަދި ކިޔެވުމަކީ ހުވަފެންތަކުގެ ދުނިޔެއަށް ހުޅުވޭ ދޮރޯއްޓަކަށްވާއިރު މި ދޮރޯށީގެ ތަޅުދަނޑިއަކީ ކުރާހިތްވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ދޫދިނުމެއް ނެތި އެއްވާނެއްގައި ކުރާ މަސައްކަތަކީ ކާމިޔާބުގެ ސިއްރު…