މީޑިއާ ބިލުގެ ކަންބޮޑުވުންތައް ހިއްސާކުރަން ފޯރަމެއް ބާއްވައިފި
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލްގައި ހުރި ކަންބޮޑުވުންތައް އާންމުންނަށް ކިޔައިދިނުމަށް ހާއްސަ ފޯރަމެއް ރޭ ބާއްވައިފި އެވެ. މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިންތިޒާމުކޮށްގެން އާޓިފިޝަލް ބީޗުގައި "ހިޔާލާއި ފިކުރު ކަފުނަށް" ނަމުގައި ބޭއްވި މި ފޯރަމްގައި ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުން ބައިވެރިވެފައިވެ އެވެ. މި ފޯރަމްގައި ގާނޫނީ ދާއިރާގެ މީހުންނާއި ނޫސްވެރިން އަދި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ޒުވާނުން ވަނީ މި…









