ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށް އިންޑިއާއިން 40 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް
ރާއްޖޭގެ ކުޅިވަރުގެ ދާއިރާގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިއާއިން 40 މިލިއަން ޑޮލަރުގެ ލޯނު އެހީއެއްދީފިއެވެ. މި ލޯނު އެހި ދީފައިވަނީ އެގްޒިމް ބޭންކު މެދުވެރިކޮށް ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއްގެ ތެރެއިންނެވެ. މި ލޯނު އެހީގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. އަދި އެގްޒިމް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ، އެ ބޭންކުގެ ޖެނެރަލް މެނޭޖަރ ނިރްމިތު ވެޑެވެ. ސަރުކާރުން…