މީޑިއާ ވިލެޖް ހަދަނީ އެސްޓީއޯ ހޮޓެލް އިމާރާތުގައި
ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ''މީޑިއާ ވިލެޖް'' ހަދާނީ ހުޅުމާލޭގައި އެސްޓީއޯ އިން އަޅާފައިވާ ހޮޓެލް އިމާރާތުގައި ކަމަށް އެމަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ. ރައީސް އެކަން ހާމަކުރެއްވީ ރާއްޖޭގެ 59 މިނިވަން ދުވަހުގެ މުނަސާތަބުގައި ބޭއްވި ޖަލްސާގަ ވާހަކަ ދައްކަވަމުން ނެވެ. ރަައީސް ވިދާޅުވި ގޮތުގައި އެ ހޮޓެލް އިމާާރާތުގެ ބައެއް ފަންގިފިލާތައް މީޑިއާ ވިލެޖަށް ހާއްސަކުރައްވާނެ ކަމަށެވެ. އަދި ކޮންމެ މީޑިއާއަކަށް ވެސް އޮފީސް ހިންގުމަށް…