މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކުރަން ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ، ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ދެންމެއަކު މަޖިލީހަށް ވައްދައިފި އެވެ. ޕީއެންސީގެ އެކްސްގައި ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިހާރު ހުށަހަޅާފައިވާ ކަމަށެވެ. އަސްލަމްގެ އިތުރުން ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު އިތުބާރު ނެތް ކަމުގެ ގަރާރުގައި 23 މެންބަރަކު ސޮއިކުރައްވާފައިވެ އެވެ. އަސްލަމާއި ސަލީމްގެ އިތުބާރު ނެތް ކަމުގެ…