ރައީސް ސޯލިހު ކޮވިޑުން ފަސޭހަފުޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުޙައްމަދު ސޯލިހު ކޮވިޑް-19ން ފަސޭހަފުޅުވެއްޖެ އެވެ. ރައީސް ކޮވިޑަށް ޕޮޒިޓިވްވެވަޑައިގަތީ މި މަހުގެ 22 ވަނަ ދުވަހުއެވެ. އެމަނިކުފާނު ބައްޔަށް ޓެސްޓު ކުރެއްވީ ށ.ކޮމަންޑޫ ދާއިރާއަށް ވަޑައިގަތުމަށް އެރަށަށް ވަޑައިގެންނެވުމުގެ ކުރިންނެވެ. އެމަނިކުފާނު ޕޮޒިޓިވްވެވަޑައިގަތްއިރު ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރައްވައި މި މަހުގެ ކުރީކޮޅު ބޫސްޓަރ ޑޯޒް ވެސް ޖައްސަވާފައިވެއެވެ.