މަންމައަށް އަނިޔާ ކުރި މީހަކު 15 ދުވަހަށް ބަންދަށް
މަންމައަށް އަނިޔާ ކުރި މީހަކު 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. ކްރިމިނަލް ކޯޓުން މި މައްސަލާގައި ބަންދުކުރަން އަމުރުކުރީ 38 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށެވެ. އޭނާގެ ބަންދު އަމުރުން އެނގޭ ގޮތުގައި، މަންމައަށް ގެވެށި އަނިޔާކޮށް، މާރާމީ ހިންގި ކަމުގެ ތުހުމަތު ކުރެވޭ ވަރަށް ހެކި ވަނީ ލިބިފަ އެވެ. އަދި ފުލުހުންގެ ފަރާތުން ހުށަހެޅި ބަޔާންތަކުން މަންމައަށް އަނިޔާއެއް ދިން ކަމަށް ބެލެވޭ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.…