ބޯޓެއް ވެއްޓުމުން ތުރުކީ އަށް ރައީސްގެ ތައުޒިޔާ
ތުރުކީގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި ބަޔަކު މަރުވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާނަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ. ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ހިތާމަވެރި އެ ހާދިސާގައި މަރުވެ ދިޔަ ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، އެކްސިޑެންޓްގައި ފުރާނަ ގެއްލުނު ފަރާތްތަކަށް ސުވަރުގެ ދެއްވުން އެދިވަޑައިގެން ދުއާކުރައްވާ ކަމަށެވެ. އަދި ތުރުކީގެ ރައްޔިތުންނަށް ކުރިމަތިވި އެ ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ރައްޔިތުން ތިބީ ތުރުކީގެ…









