ޅ. ނައިފަރު ވެމްކޯ ސައިޓްގައި އަލިފާން ރޯވެއްޖެ
ޅ.ނައިފަރު ވެމްކޯ ސައިޓްގައި ރޯވި އަލިފާން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ކުރި މަސައްކަތުން ނިއްވާލައިފިއެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ، ޅ.ނައިފަރު ވެމްކޯ ސައިޓްގައި ރޯވިކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބުނީ ރޭ 21:15 ހާއިރު ކަމަށާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، އަލިފާން ނިވުމުގެ މަސައްކަތް ކޮށްފައި ކަމުގައެވެ. މިގޮތުން ޅ.ނައިފަރު ފަޔަރ ސްޓޭޝަނުގެ…