ހަރުކަށި ފިކުރު ނައްތައިލަން ހޯމް މިނިސްޓްރީ، ފުލުހުން އަދި ސިފައިން ރިފޯމް ކުރަންޖެހޭ
ރާއްޖެއިން ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތުގައި ހޯމް މިނިސްޓްރީއާއި، ފުލުހުންގެ މުއައްސަސާ، ސިފައިން އަދި އެޑިއުކޭޝަން މިނިސްޓްރީ ފަދަ ތަންތަން ރިފޯމް ކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.