ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި ފްލޯޓިންގ ސޯލާ މަޝްރޫޢު ހިންގުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދު (އެސްއީޒެޑް) ގައި ކުރިއަށްގެންދިއުމަށް މިވަގުތު ހުއްދަ ލިބިފައިވާ ހަމައެކަނި މަޝްރޫޢު ކަމަށްވާ، 100 މެގަވޮޓްގެ ފްލޯޓިންގ ސޯލަރ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސިންގަޕޫރުގައި މިހާރު ކުރިއަށްގެންދާ ސިންގަޕޫރު-މޯލްޑިވްސް ބިޒްނަސް ފޯރަމްގެ ތެރެއިންނެވެ. މިގޮތުން ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު، ޠާރިޤު އިބްރާހީމެވެ. އަދި މި މަސައްކަތް ހަވާލުކުރި އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ…









