ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާ ހުށަހަޅާނެ ނިޒާމެއް ޤާއިމް ކޮށްފި
ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާތައް ހުށަހެޅުމަށް "މައިގްރެންޓް ވޯކަރ ރިސޯސަސް ސެންޓަރ" ގެ ނަމުގައި ސެންޓަރެއް މިއަދު ހޯމް މިނިސްޓްރީން ހުޅުވައިފިއެވެ. މި ސެންޓަރު ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމާއި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައިއޯއެމް)ގެ ރީޖަނަލް ޑައިރެކްޓަރު އިޔޯރީ ކާޓޯއެވެ. މި ސެންޓަރާއެކު، "މައިގްރެންޓް ކަނެކްޓް" ގެ ނަމުގައި އޮންލައިންކޮށް ޝަކުވާ ހުށަހެޅޭނެ ޕޯޓަލެއްވެސް ވަނީ ތަޢާރަފުކޮށްފައެވެ. މި ޕޯޓަލްވެސް އިފްތިތާޙުކޮށްދެއްވާފައިވަނީ ހެލްތު މިނިސްޓަރު ނާޒިމެވެ. އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ހޯމް…