މޮނިޓަރިންގައި އޮތް ރަށްތަކުގެ އަދަދު 14 އަށް
ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިން ހާލަތުގައި އޮތް ރަށްރަށުގެ އަދަދު 14 އަށް ތިރިވެއްޖެ އެވެ.
ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިން ހާލަތުގައި އޮތް ރަށްރަށުގެ އަދަދު 14 އަށް ތިރިވެއްޖެ އެވެ.
ޓެރަރިޒަމް އާއި އެކްސްޓްރީމިޒަމް ފަތުރާ މީހުން ތިބީ ސަރުކާރުގައި ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ. ރާއްޖެއިން ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ މައްޗަށް އަލި އަޅުއްވާލާ ނަޝީދު ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވާ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ކަންކަން އިސްލާހު ކުރާނަމަ ފުރަތަމަ ސާފު ކުރަންވީ ސަރުކާރުގެ އެެތެރެ ކަމަށެވެ. ޓެރަރިޒަމް އަދި އެކްސްޓްރީމިޒަމް ގެ ނުރައްކާ ރާއްޖެއަށް ބޮޑުވަމުން ދަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށާއި ޒިންމާ…
މުޅި ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 144 މީހުން ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު މާލެ ސަރަަހައްދުން ޕޮޒިޓިވްވީ 36 މީހުންނެވެ. އަތޮޅު ތެރެއިން ޕޮޒިޓިވްވީ 72 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވީ 36 މީހުންނެވެ. މިވަގުތު ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 12 މީހުންނަށެވެ. ވޭތުވެދިޔަ ސައުވީސް ގަޑި އިރުގެ ތެރޭގައި ވަނީ 6138 ސާމްޕަލް ޓެސްޓްކޮށްފައެވެ. ރާއްޖެއިން މިހާތަނަށް 76.332 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.…
ވެކްސިން ފުރިހަމަނަމަ، ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން ރަށްރަށުގެ ގެސްޓްހައުސްތަކަށް ޗެކް-އިން ވެވޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ. އެޗްޕީއޭއިން ބުނީ ޖުލައި 26 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކް -އިން ވާއިރު ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަތުރުވެރިން ނާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ނަށް ޗެކް -އިން ވެވޭނެ ކަމަށެވެ. އަދި WHO އިން އިމަރޖެންސީ ބޭނުމަށް ލިސްޓްކޮށްފައިވާ ކޮވިޑް-19 ގެ…
ކޮވިޑް19 ދިފާއު ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާނަމަ ރާއްޖެއިން ބޭރުން އަންނަ ދިވެހިންވެސް ކަރަންޓީނުވާން ނުޖެހޭ ގޮތަށް އެޗްޕީއޭއިން ނިންމައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ޖުލައި 26 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވަރކް ޕަރމިޓް ހޯލްޑަރުންނާމެދު ވަކި ގޮތެއް އަންގަންދެން ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ ފަރާތްތކުގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީހުން ފެށިގެން ފަސްދޮޅަސް ދުވަސް ނުވާ ފަރާތްތަކާއި WHO އިން…
ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 218 އަށް އަރައިފިއެވެ. ކޮވިޑް ބަލީގައި މިއަދުވެސް ވަނީ މީހަކު ނިޔާވެފައެވެ. މިއަދު ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލީޓިގައި ފަރުވާދެމުންދިޔަ އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެކެވެ. ރާއްޖެއިން ނިޔާވި 218 މީހުންގެ ތެރޭގައި ހިމެނެނީ 199 ދިވެހިންނާއި 19 ބިދޭސީންނެވެ. މިބަލީގައި އިއްޔެވެސް ވަނީ ބ.އަތޮޅު ކޯވިޑް ސެންޓަރުގައި ފަރުވާދެމުންދިޔަ 91 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ހަތަރު މީހަކަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފިއެވެ. މެއި މަހުގެ ހަވަނަ ދުވަހު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތުހުމަތުގައި ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަމަލީ ގޮތުން އުޅުނު ކަމަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން ހާމަކޮށްފައިވަނީ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން…
އަޟްހާ އީދު ފާހަގަކުރުމަށް ލިބިފައިވާ ފުރުސަތުގައި އާއިލާތަކަށް ޒިޔާރަތްކުރިއަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އިރުޝާދުތަކަށް ސަމާލުވުމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް އިލްތިމާސް ކުރައްވައިފިއެވެ. މަބްރޫކް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑުން ދިފާއުވުމަށް ސިއްހީ މާހިރުން ދެއްވާފައިވާ އިރުޝާދުތަކާއި އެއްގޮތަށް މާސްކު އެޅުމަށާއި، ސެނިޓައިޒްކުރުމަށާއި، ގިނަގިނައިން އަތް ދޮންނަން ވާނެ ކަމަށެވެ. އަދި ގިނަ މީހުން އެއްވެ ނޫޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް މަބްރޫކް ވަނީ ހަނދާންކޮށްދެއްވާފައެވެ. މަބްރޫކް މިހެން ވިދާޅުވެފައިވާއިރު ކޮވިޑް ފެތުރެން ފެށުމުން މާލެ…