އެޗްޑީސީގެ 15 މުވައްޒަފަކު ވަކިކޮށްފި
ފުލުހުން މިހާރު ކުރިއަށްގެންދާ ތަހުގީގަށް މަގުފަހި ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ 15 މުވައްޒަފަކު ވަކިކޮށްފި އެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު ވެސް ރޭ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ފަޒުލް މަގާމުން އިސްތިއުފާ ދެއްވީ ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލަ ފުލުހުންނާއި އޭސީސީން ތަހުގީގު ކުރަމުންދަނިކޮށެވެ. މި މައްސަލައިގައި ފަޒުލްގެ…