އައްސޭރި ޖަލުން މަސްތުވާތަކެތި ހޯދައި ފުލުހުންނާ ހަވާލުކޮށްފި
އައްސޭރި ޖަލުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ ޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެތި ހޯދައި ފުލުހުންނާއި ހަވާލުކޮށްފި އެވެ.
އައްސޭރި ޖަލުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ ޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެތި ހޯދައި ފުލުހުންނާއި ހަވާލުކޮށްފި އެވެ.
އިތުރު 249 މީހުން ކޮވިޑް19 ދިފާއު ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހައިފިއެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 12 މީހުންނާއި އަތޮޅު ތެރެއިން ދެ ވަނަ ޑޯޒް ޖެހި 237 މީހުންނެވެ. އިއްޔެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 58 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 2 މީހުންނާއި އަތޮޅު ތެރެއިން ވެކްސިން ޖެހި 56 މީޙުންނެވެ. މިހާތަނަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 261،605 މީހުންނެވެ. މުޅި…
މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 105 މީހުން ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 22 މީހުންނެވެ. އަތޮޅު ތެރެއިން ވަނީ 68 މީހުން ޕޮޒިޓިވްވެފައެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވީ 15 މީހުންނެވެ. މިވަގުތު ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 16 މީހުންނަށެވެ. ވޭތުވެދިޔަ ސައުވީސް ގަޑި އިރުގެ ތެރޭގައި ވަނީ 5424 ސާމްޕަލް ޓެސްޓްކޮށްފައެވެ. ރާއްޖެއިން މިހާތަނަށް 76،953 މީހުން ވަނީ…
ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 220 އަށް އަރައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ މިބަލީގައި މިއަދު ނިޔާވީ ދުވާފަރު ފިރިހެނެއް ކަމަށެވެ. އެޗްޕީއޭއިން ބުނީ މިއަދު މެންދުރު 12 ޖެހިއިރު ދުވާފަރު ސިއްހީ މަރުކަޒަށް ގެންދިޔަ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ. ރާއްޖެއިން މިހާތަނަށް މިބަލީގައި ނިޔާވެފައިވަނީ 201 ދިވެހިންނާއި 19 ބިދޭސީން ނެވެ. އީދު ބަންދާއި ގުޅިގެން ގިނަ ބަޔަކު އަތޮޅު ތެރޭގައި ރަށްތަކަށް ގޮސްފައިވާއިރު ގިނަ…
މާލޭގެ ހެދިގޮނޑުދޮށާއި، ރަސްފަންނާއި އުސްފަސްގަނޑަށް ވެލި އެޅުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ ހެދިގޮނޑުދޮށާއި، ރަސްފަންނަށް ވެލި އެޅުމުގެ މަސައްކަތް ފަށާފައިވަނީ މި ދުވަސްވަރު މޫސުމަށް އައިސްފައިވާ ބަދަލުގެ ސަބަބުން އެ ދެތަން ވަރަށް ބޮޑަށް ގިރާފައިވާތީ ކަމަށެވެ. މާލޭގައި އޮންނަ އުސްފަސްގަނޑަކީ ގިނަ ރައްޔިތުންތަކެއް ކަސްރަތު ކުރުމަށާއި އެކި ކުޅިވަރުތައް ކުޅުމަށް ބޭނުން ކުރަމުން އަންނަ ސަރަހައްދެއް ކަމަށް ވާއިރު އެ ސަރަހައްދު މިހާރު އޮތީ ވަރަށް ބޮޑަށް…
ގދ މަޑަވެލީ ނަން ރަމްޒްކޮށްދޭ ގޮތަށް އެރަށު ބަނދަރު ސަރަހައްދުގައި 6 ލައްކަ ރުފިޔާގެ އައިކަންއެއް ބަހައްޓައިފިއެވެ. މަޑަވެލީގެ ނަން ރަމްޒްކޮށްދޭ ގޮތަށް ހަދާފައިވާ މި އައިކަންގެ މަސައްކަތް ނިންމާ އެ އައިކަން އިފްތިތާހު ކޮށްފައިވަނީ މިއަދު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އައިކަން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުاللهގެ އިތުރުން މި އައިކަން ހަދިޔާކޮށްދެއްވި އެރަށު އަބްދުالله ފަހުމީއެވެ. މިމަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އަބްދުﷲ ފަހުމީގެ ޓީމުން…
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވާފައިވަނީ ސަރުކާރު ކޯލިޝަންގެ ނުފޫޒުން ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 2023ގައި އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަނުކުރެއްވޭނެ ކަމަށް މައުމޫނު ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގައުމީ މިހާލަތަށް ވައްޓާލުން މީ ބޮޑު އިހުމާލެއް ކަމަށެވެ. ގައުމު ސަލާމަތް ކުރުމުގެ ގާބިލްކަން ހުރި ހަމައެކަނި ލީޑަރު ރައީސް ޔާމީން އަށް 2023 ގައި ވާދަ ނުކުރެއްވޭނެ އެއްވެސް…
ހދ ކުޅުދުއްފުށިން މިއަދުވެސް އިތުރު ހަތް މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް 20 މީހުން ވަނީ އެރަށުން ޕޮޒިޓިވްވެފައެވެ. އެގޮތުން މިއަދު ޕޮޒިޓީވްވެފައިވަނީ ފުލޫ ކްލިނިކަށް ދެއްކި 2 މީހެއްގެ އިތުރުން މިހާތަނަށް ޕޮޒިޓިވްވީ ފަރާތްތަކުގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ވެފައިވާ 5 މީހެކެވެ. މިހާތަނަށް ބަލިން ފަސޭހަވެފައިވަނީ އެންމެ މީހެއް ކަމަށް ކޭއާރުއެޗުން ހާމަކުރެއެވެ. އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ކޭއާރުއެޗުގެ…