ޖެނުއަރީ 2ވާ ބުރާސްފަތި ސަރުކާރު ބަންދު
ކުރިއަށް އޮތް ޖެނުއަރީ މަހުގެ ދެވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ. މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، މީލާދީ އާ އަހަރު ފެށޭ ދުވަސް ކަމަށްވާ ޖެނުއަރީ އެކެއްވާ ބުދަ ދުވަހަކީ ކަލަންޑަރުގައިވާ ގޮތުން ސަރުކާރު ބަންދު ދުވަހެއް ކަމަށްވެފައި، ޖެހިގެން އަންނަ ބުރާސްފަތި ދުވަހަކީ ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭ ގޮތަށް ހަމަޖެއްސުމަށްޓަކަ އެވެ. ރައީސްގެ…